Live 129,578 stories Updated Oct 18, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރަޝިއާއާ ދެކޮޅަށް އެމެރިކާއިން ފާސްކުރި ދަތިކުރުމުގެ އާ ފިޔަވަޅުތައް ޓްރަމްޕް ހުއްޓުވައިފި

ރަޝިއާއާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް، ތަންފީޒުކުރަން ތައްޔާރުވަމުންދިޔަ ދަތިކުރުމުގެ އާ، ބޮޑެތި ފިޔަވަޅުތަކުގެ ޕެކޭޖު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓުވައިފި އެވެ.

އިންޑިއާގައި ހިންދޫންގެ ދީނީ އެއްވުމެއްގައި ފިތިގެން 19 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރު ކޮލްކަތާގައި ކުރިއަށްދިޔަ ދީނީ ހަފުލާއެއްގެ ތެރޭގައި މީހުން ތޮއްޖެހި، ފިތި ބާރުވުމުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާއެއްގައި 19 މީހުން މަރުވެ، 25 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.

ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދެމުން ދިޔަ ޔަހޫދީން އީޔޫގެ ވަފުދަށް ވެސް ހަމަލާ ދީފި

ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކާއި ނައަމްސޫފިތަކަށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ހަމަލާދިނުން އިތުރުވާއިރު މިފަހަރު އެ ހަމަލާތައް ވަކިން ބޮޑަށް އިތުރުވެފައި ވަނިކޮށް އެ ސަރަހައްދަށް ޒިޔާރަތްކުރި ޔޫރަޕިއަން ޔުނިއަންގެ ވަފުދަށް ވެސް މިއަދު ހަމަލާ ދީފި އެވެ.

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި 4 މީހުން ވެސް ޑްރަގަށް ޕޮޒިޓިވް، ބަންދަށް 5 ދުވަސް

ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ގަސްތުގައި ޖެއްސި މައްސަލާގައި ހައްޔަރުުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފި އެވެ.

މީހެއްގެ އުނދަގޫ ބޮޑުވުމުން، ފުލުހުންގެ އިދާރާގައި ހަޅުތާޅުގައި

ސޯސަން މަގު، ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އުނދަގޫ އިންތިހާއަށް ދިޔުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ފަށައިފި އެވެ.

ވެރިކަމުގެ ދައުރު 2030 ގައި ހަމަވުމުން މަގާމުން ވަކިވާނަން: ސީސީ

ގާހިރާ (އޮކްޓޯބަރު 17) - މިހާރު ހިނގަމުންދާ ރިޔާސީ ދައުރު 2030 ވަނަ އަހަރު ހަމަވުމުން މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާއި، އެއީ "މާކުރިން ނިންމާފައިވާ" ނިންމެވުމެއް ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…