Live 129,699 stories Updated Jun 14, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭ ޝަކުވާ ގިނަ، ހައްލު ހޯދަންޖެހޭ: މުޖުތާޒް

ސިވިލް ސާވިސްގެ ހިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބުނުދިނުމާއި މުވައްޒަފުން ފަރުވާ ކުޑަވުމުގެ ޝަކުވާތައް އަންނަ ކަމަށާއި އަދި އެކަން ހައްލުކޮށް، ހިންގުން ހަރުދަނާކުރަން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ: ޓްރަމްޕު

އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެކުލަވާލި އެމްއޯޔޫގައި އާދީއްތަ ދުވަހު ސޮއިކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެއާ އެކު އެންމެންނަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ފަރާތުން ފްލެޓަށް ހުށަހަޅާއިރު ލިޔުން ބޭނުމެއް ނުވާނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އެ މީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކުރާނެ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އީރާން-އެމެރިކާ އެއްބަސްވުން ގާއިމުވެދާނެ: ޕާކިސްތާން

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ އެއްބަސްވުމެއްގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެމެރިކާ އާއި އީރާނުން ސޮއިކޮށްފާނެ ކަމަށް، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި އަދާކުރާ ޕާކިސްތާނުން މިއަދު ބުނެފި އެވެ.

ވާދަވެރި ކެމްޕެއިނަކަށް ފަހު މީދޫ ކައުންސިލު ރައީސްގެ ގޮނޑި ޕީއެންސީ އަށް

ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައި ވާތީ މިއަދު ނެގި ވޯޓުގައި އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

މިދިޔަ އޭޕްރިލް މަހު ޕެންޝަން އޮފީހުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނިކޮށް، މިދިޔަ މެއި މަހު ތަސްދީގުކުރި ޕެންޝަނާ ބެހޭ ގާނޫނުގެ ހަ ވަނަ އިސްލާހާއި ގުޅިގެން އެ މަގާމަށް އަލުން ކުރިމަތިލާން އެ އޮފީހުން އިއުލާނުކޮށްފި އެވެ.

ކޮރަޕްޝަން ނައްތާލުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު

ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ވަތަނީ ހިދުމަތް ނިންމި 137 ދަރިވަރަކު ސިފައިންގެއަށް

ޒުވާން ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހިމެނޭ ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފި އެވެ.

Loading fresh headlines…