Live 129,699 stories Updated Jun 14, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލަންކާގައި މި އަހަރު ޑެންގީގެ 41،000 ކޭސް، 24 މަރު

ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގެ 41،144 ކޭސް ރިޕޯޓްކޮށްފައިވާއިރު، މި ބަލީގައި 24 މީހަކު ވަނީ މަރުވެފައިވާ ކަމަށް ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.

އާރަށު މައްސަލަ: އާ ހެކިތަކުގެ ބައި ސުޕްރީމް ކޯޓުން އަންނަ މަހު ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އަންނަ މަހަށް ތާވަލުކޮށްފި އެވެ.

ނިއުކްލިއާ ހަތިޔާރު ހޯދަން އެއްވެސް ކަމެއް ނުކުރަން އީރާނުން ވަނީ އެއްބަސްވެފައި: ރިޕޯޓް

އެމެރިކާއާ އެކު އަލަށް އެކުލަވާލާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި އަދި އެފަދަ ހަތިޔާރު ނުހޯދަން އީރާނުން އެއްބަސްވެއްޖެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް ނޫސްއޭޖެންސީ އަށް ކަށަވަރުކޮށްދީ ފިއެވެ.

އއ. އަތޮޅުގެ ހިމާޔަތްކުރި ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި

ފެހުރިއްސާއި މަޑި ފެންނަ އއ. އަތޮޅުގެ ހިމާޔަތް ކޮށްފައިވާ ކަނޑުގެ ސަރަހައްދު (ސަންޕާ) މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ރޭންޖަރުންނާ އެކު ފުލުހުން ބައިވެރިވާން އިއްޔެ ފަށައިފި އެވެ.

ނަޝީދާއި މީކާއިލް ބައްދަލުކުރައްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްއާ އެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.

Loading fresh headlines…