Live 129,699 stories Updated Jun 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާން-އެމެރިކާ ހަނގުރާމަ ނިންމާލަން އެއްބަސްވެ ދެ ގައުމުން އެކަން އިއުލާނުކޮށްފި

އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ލުބުނާން ހިމެނޭ ގޮތަށް، ހުރިހާ ދިމާލަކުން "ވަގުތުން އަދި ދާއިމީކޮށް" ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އީރާން-އެމެރިކާގެ ސުލްހައިގެ އެއްބަސްވުން އިއުލާނުކުރުމާ އެކު ތެލުގެ އަގު ހަތަރު ޕަސެންޓް ދަށަށް

ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އެރުވި ހަނގުރާމަ ނިމުމަކަށް އައިސް އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެކަން އިއުލާނުކުރުމާ އެކު، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަތަރު ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި މިސަރުކާރުން ވަނީ ކުޑަކޮށްފައި: ރައީސް

ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި ނުވަތަ ޖީޑީޕީގެ ނިސްބަތުން ޖެހޭ ދަރަނި މިސަރުކާރުން 6.8 ޕަސެންޓުން ކުޑަކޮށްފައިވާ ކަމަށާއި ސަރުކާރުގެ ބޭރުގެ ދަރަނި ވެސް ކުޑަކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ދ. މީދޫއަށް ވަޑައިގެންފި

ދ. މީދޫ ރަށު ކައުންސިލުގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންފި އެވެ.

ބަންގްލާދޭޝްގެ ކުރީގެ ޕޮލިސް ޗީފް ފިލައިގެން އުޅޭތާ އަހަރެއް ފަހުން ދުބާއީން ހައްޔަރުކޮށްފި

ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ބަންގްލަދޭޝްގެ ކުރީގެ ފުލުހުންގެ ވެރިޔާ ބޭނަޒީރު އަހުމަދު ދުބާއީން ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އާދިއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…