ތިނަދޫ ކުޅިއަށް ކެމިކަލް އެޅިކަމަށް ބުނެ ސްވިފްޓް އިންޖީނިއަރިން ޖޫރިމަނާކޮށްދޭން އެދިއްޖެ
ގދ. ތިނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ކައުންސިލްގެ ހުއްދަ ނެތި ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅުމުން އެ ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ކައުންސިލުން ހުށަހަޅައިފި އެވެ.