Live 129,578 stories Updated Oct 20, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވ. ތިނަދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ޝުޖާއުއަށް ލިބިވަޑައިގެންފި އެވެ.

އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އަމަލުކޮށްފައިވާ ކުންފުންޏަކަށް އެސްޓީއޯ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކަށް އަމަލުކޮށްފައިވާ ކުންފުންޏަކީ އެސްޓީއޯ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކުރި 2025 ވަނަ އަހަރުގެ ކޯޕަރޭޓް ގަވާނަންސް ރިވިއުއިން ދައްކަ…

ނުކުޅެދުންތެރިކަން ހުންނަ މީހުން، ސީދާ އދ. އަށް މައްސަލަ ހުށަހާ މުއާހަދާއަށް މަޖިލީހުން ރުހުންދީފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް ސީދާ އދ. އަށް ހުށަހެޅުުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މުއާހަދާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" ގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދ…

މެންބަރުން ވިދާޅުވީ ހެލްތު އިންޝުއަރެންސް ދޫކޮށްލަން ތައްޔާރުކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖް ދޫކޮށްލަން ތައްޔާރު ކަމަށާއި އެކަމަކު އެއީ އާސަދަންއަށް ވުރެ ދައުލަތަށް ހަރަދު ކުޑަ ޕެކޭޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ފެށި ކޯހުގައި މަރުކަޒަކަށް ހާޒިރުވާން ޖެހޭ ގޮތަށް ހެދުމުން ބާކައުންސިލާ ދެކޮޅަށް ޕެޓިޝަނެއް

ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވައިދަށް ގެނައި ބަދަލަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފި އެވެ.

ކޮލަމްބޯ ޕޯޓުގެ 392 މިލިއަން ޑޮލަރުގެ މަޝްރޫއުން ޗައިނާ ކުންފުނި ވަކިވެއްޖެ، ލަންކާއިން 21.9 މިލިއަން ޑޮލަރު ދެނީ

ސްރީ ލަންކާގެ ކޮލަމްބޯ ޕޯޓުގައި ތަރައްގީކުރަން ނިންމާފައި އޮތް 392 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ލޮޖިސްޓިކްސް ހަބް މަޝްރޫއުން ޗައިނާގެ މާޗަންޓްސް ޕޯޓް ހޯލްޑިންގްސް އިން ވަކިވެއްޖެ އެވެ.

އޮންލައިން އިޝްތިހާރު ބޭނުންކޮށްގެން އިޒްރޭލުގެ ކުންފުންޏަކުން ޖާސޫސީ ބޮޑު އޮޕަރޭޝަނެއް ހިންގައިފި

އޮންލައިން އިޝްތިހާރުތަކުގެ ބޮޑު ނެޓްވޯކެއް ބޭނުންކޮށްގެން، އިންޓަނެޓް ބޭނުންކުރާ މީހުންނަށް ފާރަލައި، ފޯނުތަކާއި ޑިވައިސްތައް ހެކް ކުރުމަށް އެހީތެރިވެދިން އިޒްރޭލުގެ ޑިޖިޓަލް އެޑްވަަޓައިޒިން އެޖެންސީއެއްގެ މައްސަލަ ފަޅާއަރައިފި އެވެ.

ބޮކްސް އޮފީހުގައި ޔަމީ އާއި ރާޖްކުމާރުގެ ކުރިމަތިލުން

ބޮލީވުޑްގައި މިވަގުތު އެންމެ ބޮޑު ވާދަވެރިކަމެއް ހިނގަމުންދަނީ އެކްޓްރެސް ޔާމީ ގޯތަމްގެ "ނައީ ނަވެލީ" އާއި އެކްޓަރު ރާޖްކުމާރު ރާއޯގެ "ޕްރަހާރު: ދަ އަންޓޯލްޑް ސްޓޯރީ އޮފް އުއްޖްވަލް ނިކަމް" ގެ މެދުގަ އެވެ. މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ނެރުނު މި ދެ ފިލްމުގެ ތެރެއިން ބޮކްސް އޮފީހުގެ އާމްދަނީގެ ގޮ…

Loading fresh headlines…