Live 129,693 stories Updated Jun 29, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބީއެމްއެލްގެ ފްލެޓުތައް އަންނަ މަހު އިމާރާތްކުރަން ފަށާނެ: ރައީސް

"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ސްކީމުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަޅައި ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޑީބީއެމްގެ ހިއްސާ ޖޭޕީ މޯގަންއަށް ދޭ ވާހަކައަކީ ގޮސިޕެއް: ރައީސް

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ހިއްސާއެއް އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީ މޯގަންއަށް ދޭން އުޅޭ ކަމަށް ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލު އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރު އިއުލާނުކުރާނަން: ރައީސް

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް ކާޑު ލިމިޓްގެ ލުއިތައް ވަރަށް އަވަހަށް އާންމުކުރާނެ: ރައީސް

ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހެއްގެމައްޗަށް ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ފަހުން ގެނައި ބޮޑު ލިމިޓްތަކަށް ދޭ ލުއިތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުދި ވިޔަފާރިތަކަށް އިސްކަންދީ، ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަހަރު ފަށަން މަސައްކަތްކުރަނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުންމީދަކަށް ވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހަ…

އީސީގެ ރައީސަކަށް ޝަކީލް އައްޔަންކުރަން މަޖިލީހަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރި މުހައްމަދު ޝަކީލް އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

Loading fresh headlines…