Live 129,693 stories Updated Jun 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވަޓްސްއެޕަށް ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒާ ނޭމް އަންނަނީ

މެޓާ ކުންފުނީގެ ވަޓްސްއެޕް ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް، އާއިލާ އާއި ރައްޓެހިން ނުވަތަ ވިޔަފާރިތަކާ މުއާމަލާތްކުރުމުގައި ދެން ފޯނު ނަންބަރު ހިއްސާކުރަން ނުޖެހޭނެ ކަމަށާއި ދެން އަންނަ އަޕްޑޭޓާ އެކު ޔޫޒާ ނޭމެއް ލިބޭނެ ކަމަށް އެ ކުންފުނިން ހޯމަ ދުވަހު ބުނެފި އެވެ.

މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް އުފައްދަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް އުފައްދައި، އިތުރު ފިޔަވަޅުތައް އަޅަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ދިރާގު "ޖެހީ ލިބުނީ" ގެ ޕެނަލްޓީ ޝޯޑައުންގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އިތުރު ކޮށްލެވޭނެ

ދިރާގުން ވޯލްޑްކަޕާ ދިމާކޮށް ތައާރަފް ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ޖެހީ ލިބުނީ" އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު "ޕެނަލްޓީ ޝޯޑައުން" ގޭމް މެދުވެރިކޮށް އިތުރު ކުރެވޭ ފުރުސަތު ހުޅުވާލައިފި އެވެ.

ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމާ ބެހޭ ގޮތުން އުމާން-އީރާން ފުރަތަމަ ފަހަރަށް ބައްދަލުކޮށްފި

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ބެހޭގޮތުން އުމާނާ އެކު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާ ދިނުމުން އެތައް ބަޔަކު މަރުވެއްޖެ

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދިފައިވާ ދެބަސްވުމުގެ ތެރޭގައި ދެމުން ގެންދާ ހަމަލާތަކުގައި ރޭ ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ މަގުން ދިން ހަމަލާތަކުގައި އާންމުންގެ 36 މީހަކު މަރުވެ 163 މީހަކު ޒަހަމްވެފައިވާ ކަމަށް އަފްޣާނިސްތާނުން ބުނެފި އެވެ.

އަމިއްލަ އިސްނެގުމަށް މައުލޫމާތު އާންމުކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް އެޗްޑީސީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ޖެހޭ މައުލޫމާތު އާންމުކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.

Loading fresh headlines…