Live 129,687 stories Updated Jul 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފުޑް ކޯޓުގައި މަސައްކަތްކުރާ 27 ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި

މާލޭގެ ފުޑް ކޯޓުގައި ހުންނަ އެކި ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.

ކޮލެޓީ، މޮޅު "ސޮނީ ސިމެންތި" އާ އެކު ސިމެންތީގެ ދަތިކަމަށް ހައްލެއް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރަމުންދާ އަސަރުތަކާ ހެދި ތަކެތި ގެނައުމުގައި ގޮންޖެހުންތައް ކުރިމަތިވެ, ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް އޭގެ ދަތިތައް ވަނީ ކުރިމަތިވާން ފަށައިފަ އެވެ.

ކެންސަރުގެ ފޭކް އިންޖެކްޝަން ބޭސް ފިހާރައަކު ނެތް، އެއީ ބަލި މީހަކަށް ރާއްޖޭން ބޭރުން ގެނައި އެއްޗެއް: މިނިސްޓްރީ

ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން އެންގިއިރު އެ ބޭހަކީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި ވިއްކި ބޭހެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ދިލްޖީތުގެ ފިލްމު "ސަތުލުޖް" ބްލޮކް ކުރުމުން ފާޑުކިޔުން ބޮޑުވެއްޖެ

ބޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު ލީޑު ރޯލު ކުޅެފައިވާ ބަޔޮގްރަފިކަލް ޑްރާމާ ފިލްމު "ސަތުލުޖް" އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމް "ޒީފައިވް" އިން ކުއްލި ގޮތަކަށް ބްލޮކް ކުރުމާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.

ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ކަމެއް ޑިޖިޓަލައިޒްކުރަނީ

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ތެެރެއިން ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ހިދުމަތެއް، އަންނަ މަސް ނިމުމުގެ ކުރިން ޑިޖިޓަލައިޒްކޮށް ނިންމުމަކީ އަމާޒެއް ކަމަށް އިިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް އުޅޭކަން ޑަބްލިއުއެޗްއޯއަށް ފުރަތަމަ އެންގީ ރާއްޖެއިން: ހެލްތު މިނިސްޓްރީ

ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓުކުރީ ރާއްޖެއިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

Loading fresh headlines…