Live 129,578 stories Updated Oct 20, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އަމިއްލަ ރަށުގައި ދިއްދޫ ބައްޔެއް ނުވޭ، ދެން ބޭނުންވަނީ މޮޅުވާން

އަމިއްލަ ރަށުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ ހއ. ދިއްދޫ ޓީމަށް، މި ވަގުތު އޮތް އެންމެ ބޮޑު ޓާގެޓަކީ އަމިއްލަ ރަށުގައި މޮޅެއް ހޯދުންކަމަށް އެ ޓީމުގެ ކޯޗު މޫސާ އިބްރާހިމް ބުނެފި އެވެ.

އާސަންދައިގެ ބަދަލުގައި އެންމެންނަށް އެލައިޑުން އިންޝުއަރެންސް ދޭން ގޮވާލައްވައިފި

ދައުލަތުން ދޭ ޔުނިވާސަލް ހެލްތު އިންޝުއަރެންސް "އާސަންދަ"އިގެ ބަދަލުގައި ހުރިހާ ރައްޔިތުން އެލައިޑް އިންޝުއަރެންސްގައި ބައިވެރިކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ޓައިގާއަށް ދިން ހަމަލާއަށް ފަހު ބޮލީވުޑްގައި "އަންޑަވޯލްޑް"ގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެ

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޯފްއަށް މިދިޔަ އާދިއްތަ ދުވަހު ދިން ބަޑީގެ ހަމަލާއަށް ފަހު، ބޮލީވުޑްގެ ތަރިންނަށް ނުވަދިހައިގެ އަހަރުތަކުގައި ކުރިމަތިލާންޖެހުނު "އަންޑަވޯލްޑް"ގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެ އެވެ.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގައިގެން ސައޫދީގައި މަރުގެ އަދަބު ދިނީ ދެމަފިރިންނަކަށް ނޫން

މައްކާގެ ހަރަމްފުޅު ސަރަހައްދުގައި ހުންނަ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނަކަށް ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ދިނުމުން ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓު އަންނަ މަހު ބާއްވަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ގޭމިން އިވެންޓު، "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026" އަންނަ މަހުގެ 26 އިން 28 އަށް ބާއްވަން ނިންމާފައިވާ ކަމަށް ދިރާގު ގޭމާސް ގިލްޑް އިން އިއުލާން ކޮށްފި އެވެ.

ޔޫއޭއީގެ ސައިބަ ސެކިއުރިޓީ ވީކް: ފުރައްސާރަކުރާ ނަމަ ޖަލު އަދަބާއި ޖޫރިމަނާ އޮތްކަން ހަނދާންކޮށްދީފި

ޔޫއޭއީގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން، އޮންލައިންކޮށް އެހެން މީހުންނަށް ފުރައްސާރަކޮށް، އަބުރަށް އަރައިގަންނަ ނަމަ ބޮޑެތި ޖަލު ހުކުމްތަކާއި 500،000 ދިރުހަމް (ގާތްގަނޑަކަށް 2.1 މިލިއަން ދިވެހި ރުފިޔާ) އާ ހަމައަށް ޖޫރިމަނާކުރާނެކަން ހަނދާންކޮށްދީ އިއްޔެ އިންޒާރު ދީފި އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިން މުބާރާތެއްގެ ގޮތުގައި ކަނޑައަޅައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން'އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ

ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފެނަކަ ހިޔާނާތުގައި ކުށް ސާބިތުވި ދީނާ އެޑްމިޓްކޮށްފައި އޮތުމުން އަދަބު ކަނޑައެޅުން ފަސްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ސާބިތުވި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އަދަބު ކަނޑައެޅުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން ފަސްކޮށްފި އެވެ.

އިންޑިއާގައި ހަ މަހުން ދަށުގެ ކުޑަކުދިންގެ ތައްޔާރީ ކާނާއަށް ހަކުރު އެޅުން މަނާކުރަން ހުށަހަޅައިފި

އިންޑިއާގައި، ހަ މަހުން ދަށުގެ ކުޑަކުދިންނަށް ތައްޔާރުކުރާ ކާނާގެ ބާވަތްތަކުގައި ސުކްރޯޒް އަދި ފްރުކްޓޯޒް (އެޑެޑް ޝުގާ) އެޅުން މަނާކުރުމަށް އެ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ މައި އިދާރާއިން ހުށަހަޅައިފި އެވެ.

Loading fresh headlines…