ސަމަންތާ އަށް ބޭވަފާތެރިވި ކަމަށް ބުނާ މައްސަލައިގައި ނާގާ ޗައިތަންޔާ ކޯޓަށް
ތެލެގޫ އެކްޓަރު ނާގާ ޗައިތަންޔާ، އޭނާގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކުރުމަށާއި އޭނާގެ ކުރީގެ އަނބިމީހާ ސަމަންތާ ރޫތު ޕްރަބޫ އަށް ބޭވަފާތެރިވި ކަމަށް ބުނެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޭކް ކޮންޓެންޓްތަކާ ދެކޮޅަށް އިންޑިއާގެ ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.