Live 128,372 stories Updated Jun 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލުބްނާނާއި އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ލުބުނާނުން ބުދަ ދުވަހު އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް މިއެއްބަސްވުން ތަންފީޒު ކުރެވޭނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ހަމަލާތައް "އެއްކޮށް ހުއްޓާލުމުން" ކަމަށް، އެމެރިކާ އިސްވެ އޮވެ ބޭއްވި މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފި އެވެ.

އީރާން ހަނގުރާމަ ހުއްޓާލަން އަންގާ ގަރާރެއް އެމެރިކާގެ ހައުސްއިން ފާސްކޮށް، ޓްރަމްޕަށް އިންޒާރެއް

އީރާން ހަނގުރާމައިން އެމެރިކާ ސިފައިން އަނބުރާ ގެނައުމަށް އަންގާ ގަރާރެއް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ) އިން ބުދަ ދުވަހު ފާސްކޮށްފި އެވެ.

އިޒުރޭލުން އަލްއަގްސާ މިސްކިތުގައި ހިންގަމުންދާ ހަމަނުޖެހުންތައް ރާއްޖެއިން ކުށްވެރިކޮށްފި

އިޒުރޭލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން އެ މީހުންގެ ހަތިޔާރު އެޅި ސިފައިންގެ ހިމާޔަތުގައި އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެ ތަނުގައި އިޒުރޭލުގެ ދިދަ ނަގައި އަދި އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށ…

ބީއެމްއެލް މެދުވެރިކޮށް ހޯދާ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތައް ފުޅާކުރުން: ޒަމީރު

ސަރުކާރުން ގެރެންޓީ ދީގެން ގައުމީ ބޭންކް ބީއެމްއެލް އިން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަނބުރާ ދެއްކި ބޮޑު ދަރަންޏާއެކު ފިޗުން، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ކުރީގެ ސަރުކާރުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމުން، ރާއްޖޭގެ ދަރަނީގެ ހާލަތަށް ލިބިފައި ލުޔަށް ބަލައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ރޭޓިން މަތިކޮށްފި އެވެ.

މި ކުންފުނި ވުޖޫދުގައި ނެތް ކަމަށް ބުނެ ލޯ ފާމުން ހެދީ ދޮގު: ހަމްބޯ

ކޭ-ޕާކް ފްލެޓްތައް ހަވާލުކުރަން ކޯޓުން އަންގާފައިވަނިކޮށް، އެ ހުކުމްތައް ނިސްބަތްވާ "ހަމްބޯ ލިމިޓެޑް" ކުންފުނި ވުޖޫދުން ގެއްލިފައިވާ ކަމަށް ބުނެ އެޑްވަކަސީ ޗެމްބާސް ލޯ ފާމުން ފަތުރާފައިވަނީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Loading fresh headlines…