Live 129,665 stories Updated Jul 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފިރާގުގެ ކާމިޔާބީ: ކެތްތެރިކަމާއި ޒަމާނީ ޓޫރިޒަމް ސްޓައިލް

ދުސިޓްޑީޓޫ ރިސޯޓުގެ އެފްއެމްބީ ޑައިރެކްޓަރު ފިރާގު އާދަމްގެ ވާހަކަ ފެށެނީ އޭނާ މީގެ އަހަރުތަކެއް ކުރިން ފޯސީޒަން ކުޑަހުރާ ރިސޯޓުގައި މަސައްކަތް ކުރި ދުވަސްވަރުގެ ތަޖުރިބާތަކާ ހިސާބުންނެވެ. އެއީ ޓޫރިޒަމް ދާއިރާގެ މެހުމާންދާރީގެ މުހިންމުކަން އޭނާ އަށް ވިސްނައިދިން އެންމެ މުހިންމު ފިލާވަޅުކަން އުމުރުން…

ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ސްކޫލާ ދެކޮޅަށް ދައުވާކޮށްފި

ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އުމުރުން 15 އަހަރުގެ ޖެނާ ޗަންގެ މައިންބަފައިން، އެ ކުއްޖާ ކިޔެވި ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އުފުލައިފި އެވެ.

ދިރިއުޅުމުގެ ހަރަދު ކުޑަކުރުމުގެ 10 އަހަރުގެ ޕްލޭނަކާ އެކު ބާންހަމް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމަށް

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދިއުމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ 10 އަހަރުގެ ޕްލޭނެއް އެކުލަވާލައްވާނެ ކަމުގެ ވައުދާ އެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އެންޑީ ބާންހަމް މިއަދު ހަވާލުވެ ވަޑައިގެންފި އެވެ.

ހުޅުމާލެ 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރާތީ އެކި ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލެ 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާތީ މާދަމާއިން ފެށިގެން އެކި ވަގުތުތަކުގައި އެ ސަރަހައްދުގެ ތަންތަނުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ލޯންގް ވީކެންޑްތަކާ ދިމާކޮށް، އެކަށީގެންވާ ސަބަބެއް ނެތި ސަލާން ބުނާ މުވައްޒަފުން ގިނަ: މުޖުތާޒު

ލޯންގް ވީކެންޑްތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުން ސަލާން ބުނާ އަދަދު އިތުރުކުރަން ފާހަގަވާ ކަމަށާއި ސަލާން ބުނަން ނުޖެހޭ ހާލަތްތަކުގައި ވެސް އެކަން ކުރާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާނާ މަހުގައި ދިރޭރަހަ ހުރި މިންވަރު ހާމަކުރަން އެންގި ނިންމުމެއް ހައި ކޯޓަށް

ރާއްޖޭގައި ބާނާ މަހާއި މީހުންގެ ގައިގައި ދިރޭ ރަހަ ހުރި މިންވަރު ބަލަން އެންވަޔަރުމެންޓް މިނިސްޓްރީން ހެދި ދިރާސާއަކާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި ނިންމުމެއް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި ސިންގަޕޫރުގެ ވަޒީރަކު އިސްތިއުފާ ދެއްވައިފި

ސިންގަޕޫރުގެ މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ، އެކްޓިން މިނިސްޓަރު ފައިޝަލް އިބްރާހީމް އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސްޕެއިންގެ އުފާފާޅުކުރާ ފްރޭމްގައި ހުންނެވުމުން ޓްރަމްޕާއި އިންފަންޓީނޯއަށް މަލާމާތް

ވޯލްޑް ކަޕްގެ ފައިނަލު މެޗަށް ފަހު، ޗެމްޕިއަން ސްޕެއިންއިން ތަށި އުފުލާލައި އުފާފާޅު ކުރި ފްރޭމަށް އަރާވަޑައިގަތުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެކުވެރިޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

Loading fresh headlines…