Live 125,833 stories Updated Mar 8, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އަންހެނުންގެ ކޮމިޓީތައް ތަރައްގީކޮށްދިނީ މި ސަރުކާރުން: ރައީސް

އަންހެނުންގެ ތަރައްގީއަށް އެންމެ މަސައްކަތްކުރާ ސަރުކާރަކީ މިއީ ކަމަށާއި އެ މަސައްކަތުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަރައްގީކޮށްދީފައި ވަނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޔާމީން މެސީއަށް އަހަރަކު 80 މިލިއަން ޑޮލަރު، ކްލަބްގެ އާމްދަނީ އިތުރުކުރަން ވަނީ ޖެހިފަ: ކޯއޯނަރު

އިންޓަ މަޔާމީގެ ކެޕްޓަން ލިއޮނަލް މެސީ އަށް މުސާރަ އާއި، ކްލަބުގެ ހިއްސާ އަދި އެހެނިހެން އިނާޔަތްތަކާ އެކު އަހަރަކު 70 މިލިއަނާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދޭކަމަށް އެ ކްލަބުގެ ކޯ-އޯނަރު ޖޯޖް މާސް ބުނެފި އެވެ.

އެމެރިކާ ހީކުރީ އީރާނަކީ ވެނެޒުއޭލާ ކަމަށް: ލަރިޖާނީ

ވެނެޒުއޭލާއަށް ހަމަލާދީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަތުލައިގަނެގެން ގެންދިއުމުން ވަގުތީ ރައީސް ޑެލްސީ ރޮގްރިގޭޒް އެމެރިކާ ދެކެ ބިރުން ބުނިހާ ގޮތަކަށް ކަންތައް ކުރަމުންދާ ގޮތަށް އީރާންގައި ވެސް ކަން ހިނގާނެ ކަމަށް އެމެރިކާއަށް ހީވީ ކަމަށް އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެ…

ޒުވާނުން ވެރިކަން ވައްޓާލި ނޭޕާލްގެ ބޮޑުވަޒީރުކަމަށް ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝާހް

ޖެންޒީންގެ މުޒާހަރާގައި ނޭޕާލްގެ ބޮޑުވަޒީރުކަމުން ދުރުކުރި ޝަރްމާ ކޭޕީ އޮލީ އޭނާގެ ދާއިރާއިން އިންތިހާބުގައި ތަފާތު ބޮޑުކޮށް ބަލިކޮށް، ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ބާލަންދްރަ ޝާހް ބޮޑުވަޒީރުކަމުގެ މަގާމާ ގާތަށް ޖެހިވަޑައިގެންފި އެވެ.

ސަމާސާ ބަސްމަގުގައި ކުޅުދުއްފުށި ވަރެއް ނެތް!

އުހޫން ތަކުރާ އާއި މުނާފިގު ސްޕޮންޖާއި އައްޑަގުޑާރާއި ފޮށި ފަންކާ ފަދަ ބަސްތައް އަމުނައިގެން ވާހަކަ ދައްކާއިރު، އެ ބަސްތަކަށް ފަރިތަ ނޫން މީޙަކު ޖެހޭނީ އިރުކޮޅަކު ވިސްނަން އިންނާށެވެ. އެ ބަސްތައް ލައިގެން ލާނެއް ބަހުރުވައިގައި ހދ. ކުޅުދުއްފުށި މީހުން ވައްޓައެއް ނުލެވޭނެ އެވެ.

ނާމާން ރޭގެ ނިމުން

ގިސްލައި ކަރުނަ އަޅަމުން މަންމަ އަހަރެންގެ ބޮލު ފުނާ އަޅައި ނަލަ ހައްދަނީ އެވެ. އިރުއިރުކޮޅުން ކަރުނަތައް ފޮހެލަ އެވެ. ހުވަނދު މަލުގެ ތާސީރުން އެއްވަސް ވެފައިވާ ކާށިތެލުން އޮފުކޮށްލާފައި އޮތް އިސްތަށިގަނޑުގެ ފަހަތަށް ހުޅިއެއް ޖަހާލައި، އެ ހުޅީގެ ތެރެއަށް ހަރުކޮށްލި ތާޒާ ގުލްޗަމްޕާ މަލަކުން ފުރިހ…

Loading fresh headlines…