Live 128,371 stories Updated Jun 8, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު ހުރިހާ މިނިސްޓްރީއަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އާރުޓީއައިއަކާ ނުލައި ވެސް އިދާރާތަކުން ކޮންމެހެން ހާމަކޮށްފައި ހުންނަން ޖެހޭ މައުލޫމާތު ހުރިހާ މިނިސްޓްރީއަކުން މިހާރު އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކާބޯތަކެތި ރައްކާތެރިކަން ކަށަވަރުވާނީ ފަރުދީ ޒިންމާ ވެސް ނަގައިގެން: ފަސްޓް ލޭޑީ

ކާބޯތަކެތި ރައްކާތެރިކަމަށް ހަމައެކަނި އިދާރާތަކުން މަސައްކަތް ކޮށްގެން ކާމިޔާބެއް ނުވާނެ ކަމަށާއި އެކަން ހާސިލްވާނީ ކޮންމެ މީހަކު ވެސް ޒިންމާ ނަގައިގެން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމަށް 30.5 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 30.5 މިލިއަން ރުފިޔާ ނުލިބިވާ ފައިސާގެ ގޮތުގައި ހިމަނާފައިވާ ކަމަށާއ…

ފުލުހުންގެ ތަރުޖަމާނުގެ މަގާމުން ޝިފާން ވަކިކޮށް، އާރިފް އައްޔަންކޮށްފި

ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް، އެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ.

އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ބުނުމަކީ ޕާޓީ ދަށްކޮށްލުން: ނަޝީދު

އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެހެން ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވާހަކައަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ޑްރަގް ގެނައި މީހުން ބުނަނީ ރާއްޖެ އައީ ގުރުއަތުން ލިބުނު އިނާމެއްގެ ގޮތުގައި ކަމަށް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުން ކަމަށާއި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް، އޭގެ މައް…

Loading fresh headlines…