Live 129,578 stories Updated Oct 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެ މަގުފަހިކުރަން: ފަސްޓް ލޭޑީ

ހަރުދަނާ ސިއްހީ ނިޒާމެއްގެ ވެސް މައިގަނޑު އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާ މެދު އާންމުންގެ މެދުގައި އޮންނަ ޔަގީންކަމާއި، ކުރާ އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޮފީސްތައް ރޯކުރަން ގޮވާލި ޒިހާންގެ ބަންދަށް 15 ދުވަސް ޖަހައިފި

ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއަރުވަން ޕާކިސްތާނުން ބޭނުންވޭ: ސަފީރު

ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއަރުވައި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފަން ޕާކިސްތާނުގެ ސަރުކާރުން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށާއި އެ ގައުމުން ރާއްޖެއާ ދެމެދު ވައިގެ ދަތުރުުތައް ފެށުމަށް ނިންމުމަކީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯ…

އިންފެކްޝަންގެ އަސަރުކޮށް ކޮމްޕެނީ ބަލިވެއްޖެ، މެޗަށް ވެސް ނުދެވޭނެ

ބެޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ވައިރަސް އިންފެކްޝަނެއް ޖެހި، ފަޔަށް އޭގެ އަސަރުކޮށްފައިވާތީ މިރޭގެ މެޗުގައި އޭނާ އަށް ބެންޗުގައި ހުރެވޭނެކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

މި ފެށުނީ ރާއްޖެ-ޕާކިސްތާންގެ ގުޅުމުގެ އާ ބާބެއް: ރައީސް

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ މި އަހަރަށް 60 އަހަރު ފުރިފައިވާއިރު، އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން އަމާޒު ހިފައިފި

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަހަރެއްގެ ތެރޭގައި މިހާރު ކުރެވޭ 13.9 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް އިއުލާނުކުރައްވައިފި އެވެ.

Loading fresh headlines…