Live 128,371 stories Updated Jun 10, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން: ގިޔާސް

މިދިޔަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށް ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވެއްޖެ އެވެ.

އަޅުގަނޑުގެ މައްޗަށް ހެއްކެއް ނެތް، ވަނީ ފްރޭމްކޮށްފައި: ޝަމްއާން

ޖިނާއީ ދައުވާ އުފުލައި، މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި އެކަން ކުރަނީ ތުހުމަތުވާ އެހެން މީހުންނަށް އެކި ޑީލްތައް ދައުލަތުން ހުށަހަޅައިގެން މައްސަލައެއް އުފައްދައިގެން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ…

"މިހާރު" ގެ ވޯލްޑް ކަޕް ގައިޑް ސްޕޯޓްސް މިނިސްޓަރު ރާފިއު ނެރެދެއްވައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ހާއްސަ ކޮށްގެން "މިހާރު" ނޫހުން ތައްޔާރުކުރި ފޮތް "މިހާރު ވޯލްޑް ކަޕް ގައިޑް" ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ނެރެދެއްވައިފި އެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.

ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް އިއްޔެ އައްޔަން ކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އެ މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

ހިތަދޫގައި ވައްކަމާއި ޑްރަގް ބޭނުންތަކަށް ބޭނުންކުރާ ގެއެއް ބަންދުކޮށްފި

ސ. ހިތަދޫގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރާ ގެއެއް ތިން މަސް ދުވަހަށް ބަންދުކުރަން އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ލިމިޓްލެސް ލާނިންގެ 85 ޕަސެންޓު ދަރިވަރުން އޯލެވެލް އިމްތިހާނުން ފާސްވި

މިއަހަރުގެ ފެބްރުއަރީ/މާޗުގައި އޮތް އޯލެވެލް އިމްތިހާނުގައި ލިމިޓްލެސް ލާނިންއިން ޓިއުޝަން ހޯދި ދަރިވަރުންގެ ތެރެއިން ޖުމްލަކޮށް ހުރިހާ މާއްދާތަކުން 85 ޕަސެންޓު ދަރިވަރުން ފާސްވެފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަން ގަވާއިދެއް، ހިލާފުވެއްޖެ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ

ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެއް ލައްކަ ރުފި…

Loading fresh headlines…