Live 125,829 stories Updated Mar 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބީއެމްއެލުން ހޯދި ރަނގަޅު ނަތީޖާ ދައްކުވައިދެނީ އިގުތިސާދު ރަނގަޅުކަން: ޝަރީފް

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް އާއި ރާއްޖޭގެ އިގުތިސާދު އޮތީ ގުޅިލާމެހިފައި ކަމަށް ވާތީ އެ ބޭންކުން ހޯދި ރަނގަޅު ނަތީޖާ ދައްކުވައިދެނީ އިގުތިސާދު ރަނގަޅުކަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

މިތިބީ އައްޑޫގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހާ، އައްޑޫ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި އެ ބޭންކު އޮތީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އީރާންގެ އާ ލީޑަރު ވަނީ ބައްޕާފުޅު އަވަހާރަކޮށްލި ހަމަލާގައި ޒަހަމްވެފައި: ރިޕޯޓް

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކޮށްފައިވާ އޭނާގެ ދަރިކަލުން މުޖްތަބާ ވެސް ހަމަ އެ ހަމަލާގައި ޒަހަމްވެފައިވާ ކަމަށް ސައިޕްރަސް އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީރިޒާއީ ސަލަރިއަން ވިދާޅުވެއްޖެ އެވެ.

އިންތިހާބުތައް އެއް ދުވަަހެއްގައި ބޭއްވުން ޕާޓީތަކަށް ވެސް މާ ރަނގަޅު، ރައްޔިތުންގެ އަތުން ބާރެއް ނުގެއްލޭ: ޝިހާބު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހުގެ ބޭއްވުމުގެ ފައިދާ ސިޔާސީ ޕާޓީތަކަށް ވެސް ލިބޭނެ ކަމަށާއި އެއް ދުވަހެއްގައި ވޯޓުލައިގެން ރައްޔިތުންގެ އަތްމައްޗަށް ލިބިފައިވާ ބާރެއް ދޫވެގެން ނުދާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ދިޔަ ތައިލެންޑުގެ ކާގޯ ބޯޓަކަށް ހޮރްމުޒް ކަނޑޯޅީގައި ހަމަލާ ދީފި

ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާ ހޮރްޒުމް ކަނޑޯޅިން ދަތުރުކުރި ތައިލެންޑުގެ ބަލްކް ކެރިއަރަކަށް މިއަދު ހަމަލާ ދީފައިވާ ކަމަށާއި މިހާތަނަށް އެ އުޅަނދުން 20 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ތައިލެންޑުންގެ ނޭވީން ބުނެފި އެވެ.

އިރާގުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިރާގުގެ ކުރުދިސްތާން ސަރަހުއްދުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖެއިން މިއަދު ކުށްވެރިކޮށްފި އެވެ.

އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި: ރައީސް

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް އެ މަނިކުފާނުގެ ތާއީދު ނޯންނާނެ ކަމަށާއި ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…