Live 128,371 stories Updated Jun 11, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމެރިކާއިން ބޯޓަށް ދިން ހަމަލާގައި އިންޑިއާގެ ތިން ފަޅުވެރިން ވަނީ މަރުވެފައި

އެމެރިކާއިން އޮމާންގެ އައްސޭރިފަށުން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި ގެއްލުނު އިންޑިއާގެ ތިން ފަޅުވެރިން ވަނީ މަރުވެފައި ކަމަށްއިންޑިއާގެ ޝިޕިން މިނިސްޓަރު ސަރްބާނަންދާ ސޮނޮވަލް މިއަދު ދުވަހު ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިގައި ދެން ޕާކިސްތާނުން އަތްއުރާލައިގެން ނުތިބޭނެ!

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ކާމިޔާބަކީ ޕާކިސްތާނުގެ ފުޓްބޯޅައަށް އާ ފެށުމެކެވެ. ކްރިކެޓްގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ޕާކިސްތާނުން ދާދި ފަހަކާ ޖެހެންދެން އޮތީ ފުޓްބޯޅައަށް މާ ބޮޑު އަހަމިއްޔަތުކަމެއް ނުދީ އެވެ. އެ ގައުމުގެ މީޑިއާތަކުން ފުޓްބޯޅައިގެ ކަވަ…

ބޫޓު ފޮށިގަނޑުތަކެއްގައި 22 ކިލޯ ޑްރަގް ގެނައި މީހަކާއި ހަވާލުވި ދެ މީހެއްގެ ބަންދަށް 30 ދުވަސް

ސިންގަޕޫރު އެއާލައިންގެ މަތިންދާބޯޓަކުން ގެނައި ބޫޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ގާތްގަނޑަކަށް 22 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ ދިވެއްސަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި އެވެ.

އިންޑިއާ އަނބުގެ އެލާޓެއް ނެތް، އެކަމަކު މި އަންނަނީ ބަލަމުން: އެމްއެފްޑީއޭ

ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑު ހުރުމުން، އަވަށްޓެރި ބައެއް ގައުމުތަކުން އިންޑިއާގެ މޭވާގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރިއަސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައިނުވާ ކަމަށާއި އެކަމަކު އެ ފަދަ ތަކެތި އިމްޕޯޓުކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަ…

"ތޭރޭ ނާމް" އާއި "ރަންގީލާ"ގެ ދެވަނަ ބައި އުފައްދަނީ

އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއް ކަމަށްވާ އީރޯސް އިންޓަނޭޝަނަލްގެ ގޮތްޕެއް ކަމަށްވާ "އީރޯސް އިނޮވޭޝަން" އިން ބޮލީވުޑްގެ މަގުބޫލު ހަ ފިލްމެއްގެ ސީކުއެލް ނުވަތަ ދެވަނަ ބައި އުފެއްދުމަށް ނިންމައި އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

ބިރިޔާނީއެއްގެ މައްސަލައިގައި އަންހެނަކަށް ފުރައްސާރަ ކުރުމުން އެކަން ވަރަށް ހޫނުވެއްޖެ

އިންޑިއާގެ ކޮމީޑިއަން ޕްރަނިތު މޯރޭގެ ކޮމެޑީ ޝޯއެއްގެ ތެރެއިން ބެލުންތެރިއަކު އަންހެނުންނަށް ނިސްބަތްކޮށް ދެއްކި ހުތުރު ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ކޯޅުންގަނޑެއް އުފެދި، ފާޑުކިޔުންތައް އަމާޒުވުމުން އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފި އެވެ.

ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅަނީ

ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ޕާޓީތަކުގައި ޒުވާނުންނަށް ހައްގު މިންވަރަކީ ލީޑަރުންގެ ފޮޓޯ ޖެހުމެއް ނޫން: މީކާއީލް

ސިޔާސީ ޕާޓީތަކުގައި ޒުވާނުންނަަށް ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން ނޫން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މަގާމުތަކަށް ވާސިލުވާން ޒުވާނުންނަށް ފުަރުސަތު ފަހިކޮށްދެއްވާނެ ކަމަށް މީކާއީލް އަހުމަދު ނަސީމު ރޭ ވިދ…

Loading fresh headlines…