Live 128,371 stories Updated Jun 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކޮރަޕްޝަންގެ ވާހަކައެއް ތަހުގީގުގައި ޝަމްއާން ނުދައްކާ، ފޯނު ވެސް ހުޅުވައެއްނުދިން: ޕޮލިސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ތަހުގީގު ހިންގައި ޖަލަށް ލާން ހުކުމް ކުރުމާ ގުޅޭ ގޮތުން އޭނާ ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވިޔަސް އޭނާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ތަހުގީގުގައި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާ ކަމަށާއި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނާ ފޯނު ވ…

އަހަރެމެންނަކީ ރަސްރަސްކަލުންނެއް ނޫން، ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ: އިންފަންޓީނޯ

ވޯލްޑް ކަޕްގެ ބައެއް ޓީމުތަކަށާއި ބައެއް އޮފިޝަލުންނަށް އެމެރިކާގެ ވިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ކުރިމަތީގައި، ހަމަޖެހިލައިގެން ހުރުން މާ ރަނގަޅުވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރުމުން، ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ވޯލްޑްކަޕް ދައްކާނެ ކަމަށް ބުނެފައިވަނިކޮށް ހިލޭޓީވީ ހުއްޓުވަން ސިވިލް ކޯޓުން އަންގައިފި

އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން އާންމުންނަށް ފޯރުކޮށްދެމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ސިވިލް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އަންގައިފި އެވެ.

ކަރެކްޝަންސްގެ ކުރީގެ އޭސީޕީ އާސިފަށް މަގާމު ދޭން ކުރި ހުކުމް އިސްތިއުނާފުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ތިކިތައް ހުރި ވޯޓުތައް ބާތިލް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ގޮނޑި އެމްޑީޕީއަށް

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލުގެ އިންތިހާބުގައި ހިމެނޭ ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޝުހާދުގެ މައިންބަފައިން ގާތިލްގެ ކުރިމައްޗަށް، ބޭނުންވީ މަރަށްމަރު ހިފަން

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ މައްޗަށް މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމަ އާއި ބައްޕަ މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

Loading fresh headlines…