Live 128,371 stories Updated Jun 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިންތިހާބުން ބަލިވިޔަސް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން މީކާއިލް ތައްޔާރު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވިޔަސް، އެކަތިގަނޑެއްގެ ގޮތުގައި 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިންތިހާބުގައި ވާދަކުރެއްވި އެއް ކެނޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެ…

ސަރުކާރު ބަދަލުކުރަން އެކުގައި މަސައްކަތްކުރަން ވާދަވެރިންނަށް ނަޝީދު ދައުވަތު ދެއްވައިފި

މި ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވާން، ސިޔާސީ ވާދަވެރިންނަށް އެމްޑީޕީގެ ޗެއާޕަސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދައުވަތު ދެއްވައިފި އެވެ.

ބަދަހި ސަފުތަކާއެކު ދެން އޮތީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކުރުމާއެކު ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފެށުނީ ކަމަށާއި ބަދަހި ސަފުތަކަކާއެކު އެކަން ކާމިޔާބުކުރާނެ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފޭސްބުކް އަދި މެސެންޖާއަށް ބޮޑު މައްސަލައެއް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިދުމަތް މެދުކެނޑިއްޖެ

މެޓާ ކުންފުނީގެ ދަށުން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކް އަދި މެސެންޖަރުގެ ހިދުމަތްތަކަށް މިއަދު ދިމާވި ބޮޑު ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް އެޕްލިކޭޝަންތައް ބޭނުންނުކުރެވި، ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެމްޑީޕީ އިންތިހާބުގައި މައްސަލަ ޖެހުނު ދެ ފޮށީގެ ވޯޓުތައް ބާތިލްކޮށް، އަލުން ވޯޓު ލަނީ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފ. ފީއަލި އަދި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓުފޮށީގެ މައްސަލަތަކާ ހެދި އެ ދެ ފޮށި ބާތިލްކޮށް، އެހެން ދުވަހެއްގައި ވޯޓުލުން ކުރިއަށްގެންދަން އިންތިހާބުގެ ޝަކުވާ ބަލާ ކޮމެޓީން ނިންމައިފި އެވެ.

ނަންބަރުތަކުން ކުރީގައި އޮތީ އަޅުގަނޑު: މީކާއިލް

ނަންބަރުތަކުން އަދި ވެސް ކުރީގައި އޮތީ އޭނާ ކަމަށާއި އެކަމަކު ވޯޓާސް ލިސްޓު ވެސް އޮޅުވާލައިގެން ބައެއް ރަށްރަށުގައި ވޯޓުލަމުންދާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވި މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މީކާއިލްގެ ބޮޑެތި ތުހުމަތުތަކެއް: ފާސްދިނުން ލަސްކޮށް، ލިސްޓުން ނަންތައް ވެސް އުނިކުރި!

އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ އިންތިހާބުގައި ހަމަނުޖެހުން ބޮޑުވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ބޮޑެތި ތުހުމަތުތަކެއް އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނަށް އަމާޒު ކުރައް…

ސްކޯ ދިމާކޮށްގެން އެމްއައިބީއިން ދޭ ފައިސާގެ އިނާމާއި ޕީއެސް 5 ޕްރޯ ހޯދުމުގެ ފުރުސަތު

ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބޮޑެތި އިނާމުތަކަކާއެކު "ވޯލްޑް ކަޕް ފީވާ – ޕްރެޑިކްޓް އެންޑް ވިން" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

އެމްޑީޕީ އިންތިހާބު: ފިޔޯރީގެ ވޯޓު ފޮށި ފަޅާލައި، ފީއަލީގެ ފޮށި ގެންގޮސް ހަރުގެއަށް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުމުގައި ވޯޓުފޮށި ފަޅާލައި އަދި ފ. ފީއަލީގައި ބެހެއްޓި ވޯޓުފޮށި ހިފައިގެން މިއަދު "ފިލައިފި" އެވެ.

Loading fresh headlines…