Live 129,655 stories Updated Aug 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މާފުށީ ފަރުމައްޗަށް ފުނޑުފުނޑުވި ސަފާރީން އުފެދުނު ކުނިތައް ނަގާތޯ ބަލާނެ: އީއާރުއޭ

މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ކ. މާފުށީ ފަރުމައްޗަށް އަރައި ފުނޑުފުނޑުވި ސަފާރީން އުފެދުނު ކުނިތައް އެ ތަނުން ނަގާތޯ ބަލާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފި އެވެ.

މާލީ ހިސާބުތައް ހާމަނުކުރާތީ އެމްޓީސީސީ 30،000ރ. އިން ޖޫރިމަނާކޮށްފި

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ހާމަކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެމްޓީސީސީ 30،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ސޮނާކްޝީ މުސްލިމަކާ ކައިވެނިކޮށްގެން އުޅޭތީ ކަންގަނާ ނުސީދާކޮށް ފާޑުކިޔައިފި

އިންޑިއާގައި މުސްލިމު ފިރިހެނުންނާ ކައިވެނިކުރާ ހިންދޫ އަންހެނުންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު ދެއްކި ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

ސޮލަރެލް އަށް އޭޝިއާ އެވޯޑްސް ފަހުރުވެރި ދެ އެވޯޑް

ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑުން "އިންޝުއަރެންސް އޭޝިއާ އެވޯޑްސް" ގައި ފަހުރުވެރި ދެ އެވޯޑެއް ހާސިލުކޮށްފި އެވެ.

ފީފާގެ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރަން ކޮންކާކަޕްގެ ރައީސް ތައްޔާރުވަނީ؟

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރަން އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ (ކޮންކާކަފް) ގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބަންގްލާދޭޝްގައި ހިމަބިހި ޖެހިގެން 844 ކުދިން މަރުވެއްޖެ، ފަރުވާ ހޯދަން އާއިލާތައް ދަރަނިވެރިވަނީ

ފާއިތުވި ދިހަވަރަކަށް އަހަރު ބަންގްލާދޭޝްއަށް ކުރިމަތިވި ހިމަބިހީގެ އެންމެ ނުރައްކާ އައުޓްބްރޭކްގައި މިހާތަނަށް 844 ކުދިން މަރުވެފައިވާ ކަމަށާއި މި ބަލި ޖެހޭ ކުދިންގެ އާއިލާތަކުން ފަރުވާއަށް ކުރަންޖެހޭ ހޭދައިގެ ސަބަބުން ދަރަނިވެރިވަމުންދާ ކަމަށް އެހީގެ ޖަމާއަތްތަކުން ހޯމަ ދުވަހު ބުނެފި އެވެ.

އިންތިހާބާ ދިމާކޮށް ޓްރަމްޕު ވިދާޅުވަނީ ހަނގުރާމައާ ގުޅުވައިގެން ތެޔޮ ކުންފުނިތަކުން ނާޖާއިޒް ފައިދާ ނަގަނީ ކަމަށް

އެމެރިކާގައި ކުރިއަށްއޮތް މިޑްޓާމް އިލެކްޝަނާ ކުރިމަތިލާއިރު ތެލުގެ އަގު ބޮޑުވެ ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބަކީ އީރާން ހަނގުރާމައާ ގުޅުވައިގެން ތެޔޮ ކުންފުނިތަކުން "އިންތިހާއަށް ބޮޑު ފައިދާއެއް" ނެގުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެއްޖެ އެވެ.

ފެނާއި ނަރުދަމާ ގާއިމުކުރުން ލަސްވީ ކުރީގެ ސަރުކާރުން ހަދާފައި އޮތް ހަޑިއެއްގެ ސަބަބުން: މުއްތަލިބު

ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން ފެނަކަ ކޯޕަރޭޝަނާ 20 ރަށެއްގެ މަސައްކަތް ހަވާލުކުރީ އެ ކުންފުނީގައި އެކަމުގެ ގާބިލުކަން ނެތީސް ކަމަށާއި ރައްޔިތުންނަށް އެ ހިދުމަތް ދިނުން ލަސްވީ އެކަމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…