Live 129,633 stories Updated Aug 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމްއައިބީން ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމްކުރާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ތައާރަފްކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްބީއޯގެ ބިރުވެރި ސީރީޒް "އިޓް: ވެލްކަމް ޓޫ ޑެރީ"ގެ ދެވަނަ ސީޒަނެއް ހަދަން ނިންމައިފި

ބިރުވެރި ފިލްމު ފްރެންޗައިޒް "އިޓް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރީކުއެލް ސީރީޒް "އިޓް: ވެލްކަމް ޓޫ ޑެރީ"ގެ ދެވަނަ ސީޒަނެއް އުފެއްދުމަށް އެޗްބީއޯ އިން ނިންމައިފި އެވެ.

އެމްއައިބީ ލިވިން އެކްސްޕޯ ކުއިޒުން ބައި ލައްކަ ރުފިޔާ ލިބޭ ނަސީބުވެރިޔާ ހޮވައިފި

މޯލްޑިވްސް ލިވިން އެކްސްޕޯ 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުރިއަށްގެންދިޔަ 50,000ރ. ފައިސާގެ އިނާމު ލިބޭ "އެމްއައިބީ ލިވިން އެކްސްޕޯ ކުއިޒް"ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ލެގޫންސްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު ތޮލާލްގެ މައްސަލައެއް ސްޕޯޓްސް ކައުންސިލަށް

ލެގޫންސް ސްޕޯޓްސް ކްލަބްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ކޯޓުގެ ހުކުމަށް އަމަލުކޮށްފައި ނުވާކަމަށް ތުހުމަތުކޮށް، އެ ކްލަބްގެ ދެ މެންބަރަކު ސްޕޯޓްސް ކައުންސިލަށް މައްސަލަ ހުށަހަޅައިފި އެވެ.

އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު ޕާކިސްތާން ސަރުކާރުން އިސްތިއުނާފްކުރަނީ

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސިއްހީ ތަހުލީލުތަކަށް އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާނެ ކަމަށް، އެ ގައުމުގެ ލޯ މިނިސްޓަރު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…