Live 129,578 stories Updated Oct 26, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދަތުރުތައް އަލުން ފެށުމާ އެކު ރިޔާޟް އެއާޕޯޓަށް ހޫތީން ހަމަލާދީފި

ރިޔާޟް، ސައޫދީ އަރަބިއްޔާ (އޭއެފްޕީ) – ހަމަލާތަކުގެ ސަބަބުން މެދުކަނޑާލުމަށް ފަހު ސައޫދީ އަރަބިއްޔާގެ ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަލުން ފެށިތާ ގަޑިިއިރުތަކެއް ތެރޭގައި، އެ އެއާޕޯޓަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ. ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު ދުބާއީ، ޕެރިސް އަދި ގާހިރާއިން އަންނަން ހަމަޖެހިފައިވާ ފްލައިޓްތަކާ އެކު އެތެރޭގެ އަދި ބޭރުގެ ބައެއް ދަތުރުތައް ވަނީ ތާވަލުކޮށްފަ އެވ…

އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އީރާންގެ އުޅަނދުތަކުން 40 މީހަކު ލަންކާއަށް ބާލައިފި

ކޮލަމްބޯ، ސްރީ ލަންކާ (އޭއެފްޕީ) – އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ތެޔޮ ޓޭންކަރުތަކުގައި މަސައްކަތްކުރާ، މަދުވެގެން 40 ފަޅުވެރިއަކު ކުއްލި ސިއްހީ ފަރުވާއަށް ސްރީ ލަންކާއަށް އެތެރެކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. އޮފިޝަލުން ބުނި ގޮތުގައި، ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުން ބޭރުގައި މަޑުކޮށްގެން ތިބި ތެޔޮ ޓޭންކަރުތަކުން މި ފަޅުވެރިން އެއްގަމަށް ބޭލީ ވެރިރަށް ކޮލަމްބޯއާ 115 ކިލޯމީޓަރު (72 މޭލު) ދުރުގައިވާ ގޯލް ބަނދަރުންނެވެ. ސްރީ ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ އިނ…

ހޮރްމޫޒް ކަނޑުއޮޅިން ގަލްފުގެ 1.5 ބިލިއަން ފީފާގެ ތެޔޮ ބޭރުކޮށްދިނިން: އެމެރިކާ

ރިޔާޟް، ސައޫދީ އަރަބިއްޔާ (އޭއެފްޕީ) – އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނިކޮށް، ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީޕާ ތެޔޮ ބޭރުކުރުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް ބުނެފި އެވެ. ސެންޓްކޮމްއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު 3،000 އަށްވުރެ ގިނަ ވިޔަފާރި އުޅަނދު ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރި އުޅަނދުފަހަރ…

ޚަލީލްގައި ސިޓީގައި ފަލަސްތީނުގެ ދެ ހާހަށްވުރެ ގިނަ މީހުން ވަޒަނުން ބޭރުކޮށްފި

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޚަލީލް (ހިބްރޫން) ސިޓީގައި ފަށާފައިވާ ފުޅާ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން، އެ ސަރަހައްދުން ފަލަސްތީނުގެ 2،670 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޚަލީލްގެ މުނިސިޕަލްޓީން ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު ޚަލީލް ކައިރީގައި ހުރި ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަނީ އެ ސިޓީ މުޅިން ބަންދުކޮށް، ވަރުގަދަ ލޮކްޑައުންއެއް އިިއުލާންކޮށްފ…

ފުނަދޫ އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ. އެންޑީއެމްއޭ އިން ބުނީ ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެއް ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ފަސް ދުވަހުގެ މުއްދަތަށް އެ އޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ. ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:30 ހާއިރެވެ. އެ އަލިފާނ…

ދިވެހިންގެ އެތައް ހާސް އުފެއްދުމަކާ އެކު މި އަހަރުގެ "މޯލްޑިވްސް އެކްސްޕޯ" ފަށައިފި

ދިވެހިންގެ އެތައް ހާސް އުފެއްދުމަކާ އެކު މި އަހަރުގެ "މޯލްޑިވްސް އެކްސްޕޯ" މިރޭ ފަށައިފި އެވެ. އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއްތަނަކުން ދައްކާލުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ މިރޭ އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށް ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ފަންނުވެރިންނާ ބައްދަލުކުރައްވައި އެ މީހުނ…

ފުނަދޫ އަލިފާނުގެ ހާދިސާއަށް ފަހު އާންމު ހާލަތަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރަން: ރައީސް

ށ. ފުނަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި އެ ހާދިސާގައި ގެއްލުން ލިބުނު މީހުން އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރޭޕްގެ މައްސަލާގައި ތުހުމަތުވާ މީހުން ބަންދުކޮށް، ވަނަވަރު އާންމުކޮށްފި

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކެއް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުނަދޫ އަލިފާން: 14 މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފި، މިހާރު ފަރުވާދެނީ ހަތަރު މީހަކަށް

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާދިން މީހުންގެ ތެރެއިން 14 މީހުން ދޫކޮށްލާފައިވާ ނަމަވެސް ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ދޮރުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ؟

އާޓިފިޝަލްބީޗުން މިއަދު ލޮލުގައި އަޅައިގަތީ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ރީތި ދޮރެކެވެ. ހުދު ކުލައިގެ މި ދޮރު ލައްޕާފައި ހުރި އިރު، ކުރިމަތީގައި ރަތް ފަށެއް ވަނީ ދަމައިފަ އެވެ. މާނައަކީ އެ ދޮރު އަދި ނުހުޅުވަ އެވެ. މި ދޮރާ މެދު އިތުރަށް ޝައުގުވެރިވީ މަތީގައި ޖަހާފައިވާ ދިރާގު ލޯގޯ އިންނެވެ.

Loading fresh headlines…