Live 129,633 stories Updated Aug 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސިޑްސްގެ ގައުމުތަކުގެ ވިޔަފާރި އާއި އިގުތިސާދާ ބެހޭ ފޯރަމެއް ރާއްޖޭގައި ބާއްވަނީ

ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މި އަހަރުގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަސްތުވާތަކެތީގެ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮ ކަމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު އެމްއ…

އިންޓެލެކްޗުއަލް އެޑްވާންސްމަންޓް ކޮންފަރެންސްގެ ޕާޓްނަރަކަށް ބީއެމްއެލް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ގައުމީ ބޭންކް، ބީއެމްއެލް ހަމަޖައްސައިފި އެވެ.

ގެއްލުނު ފުލުސް އޮފިސަރުގެ މައިންބަފައިންނާ މިނިސްޓަރާއި ކޮމިޝަނަރު ބައްދަކުރައްވައިފި

ދޯންޏެއް އަޑިއަށް ދަނިކޮށް އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަނޑަށް ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ މައިންބަފައިންނާ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މަސްވެރިކަމާ ގުޅޭ މަސައްކަތްތަކަށް ވޯލްޑް ބޭންކް މެދުވެރިކޮށް 40 ޕަސެންޓް ހިލޭ އެހީ ދޭ ސްކީމަށް ހުޅުވާލައިފި

މަސްވެރިކަމާ ގުޅޭ އެކި މަޝްރޫއުތަކަށް ވޯލްޑް ބޭންކް މެދުވެރިކޮށް 40 ޕަސެންޓް ހިލޭ އެހީ ދޭ ސްކީމަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ގެނައި އިލެކްޓްރިކް ސައިކަލުގެ ފޮޓޯ ލީކުކުރުމުގެ ތުހުމަތުވި މުވައްޒަފަށް ވަޒީފާ އަނބުރާ ނުދެވޭނެ: ޓްރައިބިއުނަލް

ސްޓެލްކޯއިން ރާއްޖެ އެތެރެކުރި އިލެކްޓްރިކް ސައިކަލްތަކުގެ ފޮޓޯތަކެއް ނަގައި، ސޯޝަލް މީޑިއާއަށް ލީކުކުރިކަމުގެ ތުހުމަތުގައި ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިިބިއުނަލުން ނިންމައިފި އެވެ.

އެޗްޑީސީގެ އިދާރީ ހަރަދުތަކުން 2024 ގައި 12 ޕަސެންޓު ސަލާމަތްކުރި: އޮޑިޓް ރިޕޯޓް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2024 ވަނަ އަހަރު މާލީ ހަރަދުތައް ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ކުންފުނީގެ މައިގަނޑު އިދާރީ ހަރަދުތަކުން 12.2 ޕަސެންޓު ސަލާމަތްކޮށް، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފި އެވެ.

Loading fresh headlines…