Live 129,633 stories Updated Aug 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީރާނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

އެމެރިކާއިން އިރާނުގެ އިގްތިސާދަށް އިތުރަށް ދަތިކުރުމުގެ މަގްސަދުގައި އަލަށް އަޅަން ނިންމި ފިޔަވަޅުތަކާ އެކު، އީރާނުގެ ރައްޔިތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު އިއުތިރާފުވެވަޑައިގެންފި އެވެ.

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ފީ ނުނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި، ގަނޑުކޮށް ކޮތަޅު ގަންނަ މީހުންގެ އަތުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު ހޯޒޭ ރޮޑްރިގޭޒް އޮޑި ސްޕޯޓްސްއަށް؟

ރެއާލް މެޑްރިޑާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާގެ ޗެމްޕިއަންކަން ހޯދި މިޑްފީލްޑަރު ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޯޓްސްއާ ގުޅެން ތައްޔާރުވާކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ.

ނެޝަނަލް ޕޭމަންޓް ސުވިޗް ކަނޑައެޅުމުގެ ބާރު އެމްއެމްއޭ އަށް ދީފި

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި…

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މެމްބަރުންގެ އަދަދު ހަތަކަށް އިތުރުކުރަން ނިންމައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު ހަތަކަށް އިތުރުކުރަން ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކުމުގެ ތުހުމަތުވި މީހާގެ މައްސަލަ އަނބުރާ ގެންދިޔައީ ހެއްކެއް ނެތުމުން: ޕީޖީ އޮފީސް

ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތުވި މީހާ އަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް އެކަމުގެ ހެއްކެއް ލިބިފައި ނެތުމާއި އަދި ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު ކުށް ސާބިތުވި ނަމަވެސް އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނޯންނާނެތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދ…

2030އާ ހަމައަށް ދާއިރު ޖީޑީޕީގެ 15 ޕަސެންޓް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީ: ރައީސް

އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި ކްރިއޭޓިވް އިގްތިސާދު ހިއްސާކުރާ މިންވަރަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭންކަށް ޑޮލަރު މާރުނުކުރާ ފަރާތްތައް އާންމުކޮށްފި، އެއީ ރަހާ އާއި ސައުތު ޕާމް ރިސޯޓް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް، އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާއްމުކުރަން ނިންމައި މިއަދު ދެ ތަނެއްގެ ނަން އާއްމުކޮށްފި އެވެ.

ޕޭ ޓޮއިލެޓް މަރާމާތުކޮށް ބަލަހައްޓާ ގޮތަށް، އެ އިމާރާތްތައް ދިގު މުއްދަތަށް ކުއްޔަށް ދެނީ

މާލޭގެ ޕޭ ޓޮއިލެޓްތައް ހުރި އިމާރާތްތަކުގެ މަތީ ފްލޯގައި ކެފޭ ނުވަތަ އެހެން ވިޔަފާރިތައް ހިންގޭ ގޮތަށް، ޕޭ ޓޮއިލެޓްތައް އަމިއްލަ ހަރަދުގައި މަރާމާތުކޮށް ހިންގާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފި

ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީަހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

Loading fresh headlines…