ނަތަންޔާހޫ ގަތަރުގެ ބޮޑުވަޒީރަށް ގުޅައި މާފަށް އެދެފި: އެމެރިކާ
30 ސެޕްޓެމްބަރ 2025 - 10:53 ގަތަރަށް ދިން ހަމަލާގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި އިނދެ ގަތަރުގެ ބޮޑުވަޒީރަށް ގުޅައި މާފަށް އެދިއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ. ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނީ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއަށް ނަތަންޔާހޫ ގުޅައި، މި މަހުގެ ނުވަ ވަނަ ދުވަހު ދިން ހަމާލެ މައްސަލައިގައި މާފަށް އެދި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. ގަތަރުގެ ވ…