Live 129,606 stories Updated Sep 17, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާންޖެހޭ ކަމެއް: ޑރ. ހަސަން

ރާއްޖެ ފަދަ ގައުމެއްގައި ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީ ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ.

ހޫތީންނާއި އެމެރިކާގެ ސިއްރު ބައްދަލުވުމެއް ބާއްވައިފި، އިޒްރޭލާއި އެމެރިކާގެ އުޅަނދުތަކަށް ހަމަލާ ނުދޭނެ ކަމަށް ބުނި: ރިޕޯޓް

އެމެރިކާގެ އިސް އޮފިޝަލުންތަކެއް، ޔަމަނުގެ ހޫތީ ޖަމާއާތުގެ މަންދޫބުންނާ އެކު އުމާންގައި ސިއްރު ބައްދަލުވުމެއް ބާއްވައިފި ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

ފަލަސްތީނުގެ ރައީސް އދ.ގެ އާންމު މަޖިލީހަށް ވަޑައިގަތުމަށް އެމެރިކާއިން މިފަހަރު ވެސް ވިސާއެއް ނުދިން

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ދިނުމަށް އެމެރިކާ ސަރުކާރުން މިފަހަރު ވެސް ދެކޮޅު ހަދައިފި އެވެ.

އިޒްރޭލާ އެކު މޮރޮކޯއިން ސިޔާސީ ގުޅުން އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފި

މޮރޮކޯ އާއި އިޒްރޭލާ ދެމެދު އޮތް ހާރިޖީ ގުޅުން އެންމެ މަތީ ފަންތިއަށް ބަދަލުކޮށް، އިޒްރޭލާއި މޮރޮކޯއިން އެއްބަޔަކު އަނެއް ބަޔަކަށް ސަފީރުން ކަނޑައަޅަން ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.

ގަލްފުގެ ކަނޑުއޮޅިތައް ހިމާޔަތްކުރަން ސައުދީން އުފެއްދި ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވެއްޖެ

ގަލްފުގެ ގައުމުތަކުން ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.

ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަލާކުވެފައި ހުރި ގެއެއް ވެއްޓި 20 މަރު

އިޒްރޭލުން މީގެ ކުރިން ޣައްޒާއަށް ދިން ހަމަލާތަކުގައި ގެއްލުންވެފައި ހުރި އެޕާޓްމަންޓް އިމާރާތެއް ވެއްޓި، މަދުވެގެން 20 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށާއި، އިތުރު ގިނަ ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ ބުނެފަ އެވެ.

Loading fresh headlines…