ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، މެދުރާއްޖެތެރޭ ރަށެއްގައި ކިޔަވަމުންދާ ސްކޫލް ދަރިވަރެއްގެ ނަމުގައި ސޯޝަލްމީޑިއާގައި އެކައުންޓެއް ހަދައިގެން އެހެން ދަރިވަރުންތަކެއް ބުލީކުރަމުންދާ ވާހަކަތަކެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ދައުރުވަމުންދާ ސްކްރީންޝޮޓުތަކުން ފެންނަ ގޮތުގައި، ޝިކާރައަށްވެފައިވާ ކުއްޖާގެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް ވެސް ބުލީ ކުރަމުންދާ އެކައުންޓުން ހިތްވަރުދީފައިވެ އެވެ.