މިދިޔަ ހަފްތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކޯސްޓްގާޑުން 29 އިން ފެށިގެން 05 އާ ހަމައަށް ކުރިއަށްގެންގޮސްފައިވާ މެޑިކަލް އިވެކުއޭޝަންސްތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފަސްޓް ސްކޮޑްރަންއިން ވަނީ 54 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފަ އެވެ. ސެކަންޑް ސްކޮޑްރަންއިން 8 އިވެކުއޭޝަން ކުރިއަށް ގެންގޮސްފައި ވާއިރު، ތާޑް ސްކޮޑްރަންއިން 14 އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ފޯތު ސްކުއަޑްރަންއިން 12 އިވެކުއޭޝަނެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ހާލަތްތަކުގަޔާއި، އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.