ހުޅުމާލެ ފޭސް 3ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ވިޔަފާރީގެ އުސޫލުން ދޭ މި ހިދުމަތުގެ ދަށުން ހަވާ އަރުވާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.