ޕޯސްޓާއި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، 2026 އޮކްޓޯބަރު 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ސިންތެޓިކް ކެތިނޯންގެ 2123 ގްރާމް ވަނީ އަތުލައިގެންފައެވެ.
މީގެއިތުރުން، ކޫރިއަރ މެދުވެރިކޮށް އަތުލައިގަނެފައިވަނީވެސް ސިންތެޓިކް ކެތިނޯން އެވެ. އެ ތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުންނާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2026 އޮކްޓޯބަރު 31 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.