އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) އެވޯޑް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއަށް ލިބިއްޖެއެވެ.

މި އެވޯޑު ރާއްޖެއަށް ދީފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި 3 ދާއިރާއަކުން އެވޯޑު ދީފައި ވެއެވެ. ރާއްޖެއަށް މި އެވޯޑު ލިބުނީ "ޕްރައިމަރީ ހެލްތު ކެއާ ޓީމް" ކެޓަގަރީ އިންނެވެ. ދެން މި އެވޯޑު ދީފައިވަނީ ހެލްތު ޕްރޮފެޝަން އެޑިއުކޭޝަން އަދި ހެލްތްވޯކާ ވެލްބީން ކެޓަގަރީ އިންނެވެ.

ރާއްޖެއަށް ލިބުނު އެވޯޑަކީ ޕްރައިމަރީ ކެއާ އާއި ޕަބްލިކް ހެލްތު ދާއިރާއިން ރާއްޖޭން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ގޮތުން ރާއްޖޭން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ މަތީ ފަންތީގެ ޝަރަފުވެރި އެވޯޑެކެވެ.

ސިއްހަތާ ބެހެ ވުޒާރާއިން ބުނީ މި ޝަރަފަކީ މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކޮށް، ޔުނިވާސަލް ހެލްތު ކަވަރޭޖް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

174 ނޮމިނޭޝަންގެ ތެރެއިން އެ ކޮންފަރެންސްގައި އެވޯޑު ލިބުނީ ރާއްޖެ ހިމެނޭހެން ޖުމްލަ ހަތަރު ފަރާތަކަށެވެ. އެގޮތުން ރާއްޖެއަށް އެވޯޑު ލިބުނު ކެޓަގަރީން ދެ ފަރާތަކަށް އަދި އަނެއް ދެ ގަޓަރަގީން ވެސް ދެ ފަރާތަކަށް އެވޯޑު ދީފައިވެއެވެ.