އައިކެއާ ހޮސްޕިޓަލުން ލޮލުގެ މައްސަލަތައް ދެނެގަތުމަށް އޭއައި ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ތައާރަފް ކޮށްފައިވަނީ، މިހާރު ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ ތެރެއިން އައިރިސްއާ އައިކެއާއިން ގުޅިގެންނެވެ.
އައިކެއާއިން ވީނިއުސް އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، މި ހިދުމަތުން ގުލްކޯމަ ނުވަތަ ޑައިބެޓީސްގެ ސަބަބުން ލޮލަށް ދިމާވާ ބަލިތައް ދެނެގަނެވޭނެ ކަމަށެވެ.
އޭއައިގެ މި ހިދުމަތާއެކު އައިކެއާ ހޮސްޕިޓަލްގެ ހިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އައިކެއާއިން ބުނެއެވެ.