ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރުވާ މަތީ ވަނަ ހާސިލްކުރި 9 ފަރާތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި، ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ނެނގި ހަނދާނީ ގުރޫޕު ފޮޓޯއެއްގައި މެޑަމް ސަޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، ކުއްލިއްޔާ އޮފް އެރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްއިން 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
އައިޔޫއެމްގެ އެކި ކޯސްތަކުން ޖުމްލަ 542 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން 322 ދަރިވަރުންނާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން 14 ދަރިވަރުންނާއި، ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުން އަދި ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ހެދި 132 ދަރިވަރުން ހިމެނެއެވެ.