ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް، ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ) އުފައްދަވައިފިއެވެ.
މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު ހިންގުމަށް އެކުލަވައިލެއްވި 18 މެންބަރުންގެ މައްޗަށް އެކުލެވޭ ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޑރ. ޢަބްދުލްޢަޒީޒު ޔޫސުފެވެ. ވައިސް ޗެއަރޕަރސަނަކަށް އައްޔަންކުރެއްވީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޙުސައިން ޙަލީމެވެ. އެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
3. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ)
4. ޑރ. އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
5. ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރު)
6. ޑރ. މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރު)
7. ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރު)
8. މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފު)
9. މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
10. ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފު)
11. އަލްއުސްތާޛާ ތަސްލީމާ (ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ފަރާތުން)
12. އާދަމް ބަދުރުﷲ (މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ފަރާތުން)
13. ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
14. ޑރ. އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
15. ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
16. އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
17. ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
18. ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)
ރައީސް މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމް.ޓީ.އެޗް.ޖީ)ގެ ގަވަރނިންގ ބޯޑާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)،ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި އެ ތަނުގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.