ވިލިމާލޭގެ މެއިން ޑިސްޓްރިބިއުޝަން ލައިން މަރާމާތްކުރުމަށްޓަކައި ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނުގެ ހިދުމަތް ވިލިމާލެއިން މިރޭ ކެނޑިގެންދާނީ 1 ގަޑިއިރާއި 30 މިނެޓަށް ކަމަށެވެ.
އެގޮތުން، މިރޭ 21:00 ޖަހާއިރު ފެނުގެ ހިދުމަތް މެދުކެނޑުމަށްފަހު 22:30 ގައި އެ ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މައްސަލަ ހައްލުވުމުން ވީއެންމެ އަވަހަށް ފެނުގެ ޚިދުމަތް އަލުން ދޭނެ ކަމަށެވެ.
އެ ކުންފުނިން ވަނީ ފެން ކަނޑާލުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.