އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ، ”80ގެ ކުރީކޮޅު“ ފޮތް ނެރެފިއެވެ.
މި ފޮތް ނެރެފައިވަނީ ރޭ ދޮންމަނިކު ރެސްޓޯރަންޓުގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ފޮތް ނެރެދެއްވީ ގ.ކެނެރީގެ، ޒުހައިރާ އުމަރު އެވެ. އެއީ ނަޝީދުގެ ބޮޑުދައިތަ އެވެ.
މި ފޮތުގައި އޮތީ ފަސްވާހަކަ އެކެވެ. އެއީ "ގައުމީ މަޝްރޫއު"، "މޫސަބަރު"، "ޗާލާ ޒަމާނާ"، "ރީތި ހަދިޔާ" އަދި "ހިތާއި ހިތުގެ ގުޅުން" އެވެ.
ނަޝީދުގެ ކުުރުވާހަކަ ފޮތް 250 ރުފިޔާއަށް ވިއްކާ އިރު، މި ފޮތަށް އެ ހަފްލާއަށް ދިޔަ އެންމެންގެވެސް ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.
ނަޝީދުއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެ ގޮތުން ސިޔާސީ ދާއިރާއަށް އެ މަނިކުފާނު ނުކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިކަން ކުރައްވައި ފޮތް ލިޔުއްވިކަން ފާހަގަކޮށްލެވެއެވެ.