އަމީނީ މަގު ސެގްމަންޓް 3 މި ހަފްތާ ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއުގެ ސެގްމަންޓް 3 ގެ ރޯޑް މާކިން އަދި ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާއި ހަމަޔަށް ހިމެނޭ ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރޭގައި، 1،924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީ އާއި ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި، 1،148.91 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީ އާއި ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.