އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ) އެވެ. މިކަން ހާމަކޮށް އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އައްޔަބެގެ ހަބަރެއް އެންމެ ފަހުންވެފައި ވަނީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ. އަދި އައްޔަބެ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އަންގައިދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.