މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 7 އިންސައްތަދައްވެފައިވާ ކަމަށް އެ ކުންފުނީގެ ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުނީގެ އާމްދަނީ އަކީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

އެ ކުންފުނިން ބުނީ، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރގައި ދަށްވުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރގައި ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން ތިންވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 23 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗަރ އާއި ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމެވެ.

އެ ކުންފުނީގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 5 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފައެވެ.