ބަނގުރާ ބޭނުންކޮށް، ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑު އަތޮޅު ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ފޭދޫ، ހަމްދަރުދީގެ އުމުރުން 23 އަހަރުގެ ޢަލީ ރާޢިލް މުނީރު އާއި ސ. މަރަދޫފޭދޫ/ ވައިލެޓްވިލާ އުމުރުން 19 އަހަރުގެ މުޙައްމަދު ޝާމިޙު މަންޞޫރު އެވެ.

ފުލުހުން ބުނީ، މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.