ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް 3 (ތިނެއް) މަސްދުވަހަށް އިތުރުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ، ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ދީފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު 28 އޮކްޓޫބަރު 2026 އަށް ހަމަވާނެއެވެ.

އެއާއެކު ފަހުން މިގެނައި ބަދަލާއެކު ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ، 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި އެ ކޮމިޝަންއިން ވަނީ ބުނެފައެވެ.