ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ މައްސަލައިގައި ޝަރީޢަތުގެ މަރުޙަލާތަކަށްފަހު ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭރުގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމާފައެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމި ނަމަވެސް، މިހާތަނަށް ހުކުމެއް ނުކުރެއެވެ. އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ ދެން އޮންނަ އަޑު އެހުމެއްގައެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން، އަދަބު ކަނޑައެޅުމުގެ މަޖިލިސް ބޭއްވެންދެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނިންމައިފި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި އެކަން ކަށަވަރުކުރުމެއް ނެތި، މަސައްކަތަށްވާ ފައިސާ ދޫކޮށް ބްލޭޒަންއަށް ނާޖާއިޒު މަންފާއެއް ހޯދައިދިން މައްސަލައެކެވެ. ދީނާގެ އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައި ވެއެވެ.
މީގެއިތުރުން ދީނާއަށް ތުހުމަތުކުރެވޭ އިތުރު ދެ މައްސަލައެއްގެ ދައުވާ ކުރަން ވެސް ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ފެނަކައަށް ސީސީޓީވީ ކެމެރާތަކެއް ހޯދުމުގެ ތެރޭގައި މުދާ ނުލިބެނީސް ފައިސާ ދޫކުރި މައްސަލައަކާއި، 2018 ވަނަ އަހަރު ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް އޭނާގެ ގާތް މީހަކަށް ކުއްޔަށް ދީގެން ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުނު މައްސަލައެއް ހިމެނެ އެވެ.