ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފިއެވެ.
އައު ޖަނަރޭޓަރެއް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ދުރާލާ ތައްޔާރުވުން ކަމަށެވެ.
މިޖެނެރޭޓަރުގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމަތުދެއެވެ.
އައު އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައެވެ. އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2720 ކިލޯވޮޓެވެ.
ހޯރަފުއްޓަކީ ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.