ހުޅުމާލެ ސަހަރާގައި ބިމުން ފެން ނުހިނދުމުގެ ސަބަބުން މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްއިން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވަނީ ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން މައްޔިތުން ވަޅުލުން މިހާރު މާލޭ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ.
ބޯކޮށް ވާރެ ވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ މައްސަލަ އާންމުކޮށް ދިމާވެއެވެ.