ރ. ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ލޯންޗުގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނުން ހަރަކާތްތެރިވެ ވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހަވީރު 16:56 ހާއިރު މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ޑިންގީއެއްގައި ގޮސް ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އިންޖީނު މަރާމާތުކުރުމުގައި ފުލުހުން ވަނީ އެހީތެރިވެދީފައެވެ.

މި ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް މީހާއަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.