"ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ" (ސީބީއާރުބީ) އިން ދަސްވި ކަންތައްތަކަށް އަމަލުކުރުމަށް ބޭނުންވާ ސާމާނު ނުލިބޭ ކަމަށް އެ ޕުރޮގުރާމުގެ ބައިވެރިން ބުނެފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވަނީ ސީ.ބީ.އާރު.ބީ ޕްރޮގުރާމުގެ ބައިވެރިން، އެ ތަމްރީނުތަކުގެ ސަބަބުން ކާރިސާތަކަށް ތައްޔާރުވުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިފައިވާ މިންވަރު ހިއްސާކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯގައި ބައިވެރިއަކު ވަނީ އެ ޕްރޮގުރާމަކީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށް ބުނެފައެވެ. އަދި އެ ޕްރޮގުރާމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މައްސަލަ ދިމާވަނީ ބޭނުންވާ ސާމާނު ނުލިބޭތީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެ ޕްރޮގުރާމުގެ ސަބަބުން ކުއްލި ހާދިސާތަކާއި ކާރިސާތަކުގައި އަމަލުކުރަންވީ ގޮތް ވަަރށް ފުރިހަމައަށް ދަސްވެފައިވާކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި ކަމެއް ދިމާވުމުގެ ކުރިން އަދި ފަހުން އަމަލު ކުރަންވީ ގޮތްވެސް ދަސްވެފައިވާކަން ގިނަ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގުރާމަކީ އެންޑީއެމްއޭ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.