"ޑެތު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ކުއްޅަވައްގެ / ހއ. ބާރަށް/ އަލީ ޖުމާން 25އ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައިި ކަމަށެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

އަލީ ޖުމާން، އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލީ ރަސްމާލެ 99 އަހަރަށް ކުއްޔަށް ދޭން ގޮވާލި މައްސަލައިގައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހުޅުޖަހަން ގޮވާލުމާއި ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ.