ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް މިރޭ މަގު ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު މަރާމާތް ކުރުމުގެ މަސައްކަތްކުރުމަށްޓަކައި، މިރޭ 00:00 އިން ފެށިގެން، ސުނާމީ ބިނާ އިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، އެ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ އެ ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.